ތަނަވަންކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުވަން ވާނެ ކަމަށް ފިތުރު އީދު ދުވަހުގެ އީދު ހުތުބާގައި ބުނެފިއެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހުތިފާލުތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާފާޅުކުރަންވީ، ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫން ކަމަށެވެ.
"ތަނަވަސްކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުވަން ވާނެއެވެ. ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ މިހެން ވެގެންނެވެ. މިކަމުގެ ސަބަބުން ފަގީރުންނަށް ސަލާން ނުޖަހައި ދިރިއުޅެވޭ ވަރުގެ ތަނަވަސްކަމެއް ލިބިގެންދާނެތީއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަށް ނޫން ކަމަށާއި އެކަން ޝަރުއު ކުރައްވާފައިވަނީ އިސްލާމީ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްޓަކައި ކަމަށެވެ.
ރަމަޟާން މަހަށް ފަހު ޝައްވާލު މަހުގައި ހަ ރޯދަ ހިފުން ޝަރުއު ކުރައްވާފައިވާ ކަމަށާއި އެއީ އެއް އަޅުކަމަށް ފަހު އަނެއް އަޅުކަމުގެ ތެރެއަށް ވަނުމަށްޓަކައި ކަމަށެވެ.