ދުނިޔެ

ކެންޔާގެ ކާގޯ ފްލައިޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ކެންޔާގެ ކާގޯ ފްލައިޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެއެވެ.

ކެންޔާއަށް ނިސްބަތްވާ ކާގޯ ފްލައީތު ވެއްޓިފައިވަނީ ސޯމާލިއާގެ މޮގަދިޝޫގެ ހުޅަނގު ދެކުނު ސަރަހައްދަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ހޮނިހިރު ދުވަހު ހިނގި އެހާދިސާގައި ފްލައިޓު ވެއްޓިފައިވަނީ އެފްރިކާގައި ހަރަކާތްތެރިވާ އެފްރިކަން ޔޫނިއަން ދޯސް އަށް ސަޕްލައި ޑެލިވާ ކުރުމަށްފަހު އެނބުރި ދޮބްލޭ ޓައުން އަށް ދަތުރުކުރަމުން އަންނަނިކޮށް ކަމަށް ދަ ސޯމާލީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނެއެވެ.

ސޯމާލީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބަޔާނެއްގައި ބުނީ އެފްލައިޓު ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި ފަސް މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކެންޔާއަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެފްލައިޓު ދަތުރު ފެށުމުގެ ކުރިން ކުރި ޓެސްޓުތަކުން ޓެކްނިކަލް މައްސަލައެއް ފާހަގަވީ ނަަމަވެސް ދަތުރު ފެށީ އެކަން ހައްލުނުކޮށެވެ.

އޮފިޝަލުން ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ.