ދެކުނު ކޮރެއާގެ އެއާ ބުސާން ފްލައިޓުގައި ރޯވާން މެދުވެރިވީ ޕަވާ ބޭންކެއްގެ ސަބަބުން ކަމަށް ތަހުގީގުން ހާމަވެއްޖެ އެވެެ.
މިދިޔަ ޖެނުއަރީ މަހު ހިނގި ހާދިސާގައި ފްލައިޓުގައި ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ބޮޑު ތަހުގީގެއް ހިންގާފައިވެއެވެ. ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީ އިއްޔެ ބުނީ އެ ތަހުގީގުގެ ފުރަތަމަ މަރުހަލާގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެ ހާދިސާ ހިނގީ ޕަވާ ބޭންކެއްގެ ބެޓަރީގައި ރޯވެގެންކަން ފާހަގަވެފައިވާ ކަމަށެވެ.
އެ ޕަވާ ބޭންކު އޮތީ ހޭންޑް ލަގެޖު ލާން ހުންނަ ކެބިންގައި އޮތް ދަބަހެއްގައި ކަމަށެވެ. ނަމަވެސް ޕަވާ ބޭންކުގައި ރޯވާން މެދުވެރިވި ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އެކަމުގެ ތަހުގީގު ތަޖުރިބާކާރުންގެ އެހީގައި ދަނީ ކުރަމުންނެވެ.
އެއާ ބުސާން ފްލައިޓުގައި ރޯވި ހާދިސާގައި އެ ފްލައިޓުން ދަތުރުކުރި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.