ގާޒާގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދިޔަ ކަރަންޓުގެ ހިދުމަތް ކަނޑާލައިފިއެވެ.
އިސްރާއީލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ވިދާޅުވީ ގާޒާއަށް ދެމުން ދިޔަ ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވަނީ އޭނާގެ ހާއްސަ އެންގެވުމަކަށް ކަމަށެވެ. ގާޒާއަށް އިސްރާއީލުން ދެމުން ދިޔަ ކަރަންޓުގެ ހިދުމަތް އިއްޔެއިން ފެށިގެން ކަނޑާލާފައިވަނީ ހަމާސް އިން ހުރިހާ ރަހީނުން ދޫނުކުރުމުން ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި ހަމާސް އިން ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން މީގެ ކުރިން ވަނީ ގާޒާއަށް ދެމުންދިޔަ ކަރަންޓުގެ ހުރިހާ ހިދުމަތްތަކެއް ކަނޑާލާފައެވެ. ނަމަވެސް ފަހުން ވަނީ ބައެއް ސަރަހައްދުތަކަށް ހިދުމަތް ދީފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިސްރާއީލުގެ އެ އަމަލުގެ ސަބަބުން ހަމާސްގެ ތަރުޖަމާނު ވިދާޅުވީ އެކަމުން ހާމަވެފައި ވަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނު ތަކާއި ހިލާފުވެފައިވާކަން ކަމަށެވެ.