ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޖީޕީއެސްއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި ޖީޕީއެސް އަކީ މިއަހަރު އޭޕްރީލް 11 ވަނަ ދުވަހު ލޮނުޒިޔާރަތްމަގުން ހިފެހެއްޓި މީހެއްގެ އަތުން ފެނުނު ޖީޕީއެސް އެކެވެ. އެގޮތުން އެމީހާއަތުން ޖީޕީއެސް ފެނުނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެއްޗެހިތަކަކާއެކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ޖީޕީއެސްގެ ވެރިފަރާތުން ވެރިފަރާތްކަން އެނގޭ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ޖީޕީއެސްއާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.