ދުނިޔެ

ތޫފާން ޔުޓޫ މެރިއާނާ އައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ދީފި

މުހައްމަދު އައުޒަމް

އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ މެރިއާނާ އައިލެންޑަށް ތޫފާން ޔުޓޫ އަރާ ބޮޑެތި ގެއްލުތަކެއް ދީފިއެވެ.

ތޫފާން ޔުޓޫގެ ބާރުގަދަވެ ކެޓަގަރީ ފަހެެއްގެ ތޫފާނަކަށް ބަދަލުވެފައި ވާއިރު، މިތޫފާނުގެ އަސަރު ކޮށްގެން މަރިއާނާ އައިލެންޑްގެ އުތުރުގެ ސަރަހައްދުތަކުގެ ގިނައަދަދެއްގެ ގެތަކެއް ވަނީ ސުންނާފަތި ކޮއްލައިފައެވެ. އަދި އެހިސާބުގަނޑުން ވަނީ ފެނުގެ ހިދުމަތާއި ކަރަންޓު ކެނޑިފައެވެ.

މެރިއާނާ އައިލެންޑަށް ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފުސީލު އަދި ސާފު ނުވާއިރު އޮފިޝަލުން އަންނަނީ ގެއްލުން ލިބުނު ސަރަހައްދަށް ޒިޔާރަތްކޮށް ލިބުނެ ގެއްލުންބަލައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މެރިއާނާ އައިލެންޑަށް ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުން ފެންނަ ވީޑިއޯއެއް

މެރިއާނާ އައިލެންޑްގެ އިމަޖެންސީ ރެސްޕޮންސް ގެ އިސްވެރިޔާ ވިދާޅުވީ މިއީ މިހާތަނަށް މެރިއާނާ އައިލެންޑަށް އެރި އެންމެ ބޮޑު ތޫފާން ކަމަށާއި ތޫފާން ގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ ކަމަށެވެ.

ތޫފާން އެރި ސަރަހައްދުގައި ދިރިއުޅޭ މީހުން އެއްވެސް ވަރަކަށް ތޫފާނުގެ ބާރު މިހާ ގަދަވާނެ ކަމަށް ނުވިސްނާ ކަމަށް އިމަޖެންސީ ރެސްޕޮންސް ގެ އިސްވެރިޔާ ވިދާޅުވިއެވެ. ނަމަވެސް ތޫފާން އަރައި ލިބުނު ގެއްލުމުގެ ސަބަބުން 3500 އެއްހާ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަޑިއަކު 174 މޭލަށް ވައިޖެހެމުންދާ މި ތޫފާނުގެ މިސްރާބު މިހާރު ވަނީ ފިލިޕީންސް އާއި ޓައިވާނާއި ދިމާއަށް މިސްރާބު ޖަހައިފަ އެވެ.