ފިތުރު އީދު

އީދާ ގުޅުވައިގެން މާލެ އަދި ވިލިމާލޭގައި ދެ ދުވަހު ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

އަންނަ އަންގާރަ ދުވަހު ފެށޭ މި އަހަރުގެ ފިތުރު އީދާ ގުޅުވައިގެން މާލެ އަދި ވިލިމާލޭގައި ދެ ދުވަހު ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު އާންމު ކުރި ސާކިއުލާއެއްގައި ބުނި ގޮތުގައި މި މަހު 4 ވަނަ ދުވަސް އަދި 5 ވަނަ ދުވަހު ހަވީރު 16:00 ން 18:30އަށް މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މި ނިންމުމަކީ މާލެ ސިޓީ ހިމެނޭ މާލޭގެ މަގުތަކަކީ ކާރުބާރުބޮޑު މަގުތަކަކަށް ވެފައި އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މާލޭގެ މަގުތަކަށް ނިކުމެ އުޅޭ އިވަގުތު މީހަކަށް ގެއްލުމެއް ލިބިދާނެކަމަށް ނިންމި ނިންމުމެކެވެ.