މައިކްރޯސޮފްޓުން ސްކައިޕު ޝަޓްޑައުން ކޮށްލަން ނިންމައިފިއެވެ.
2000 ވަނަ އަހަރުން ފެށިގެން ގިނަ ބަޔަކު ބޭނުން ކުރަމުން އައި ވީޑިއޯކޯލް ކުރެވޭ އެޕްލިކޭޝަން ''ސްކައިޕް'' ގެ ހިދުމަތް ހުއްޓާލަން މައިކްރޯސޮފްޓުން ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.
މައިކްރޯސޮފްޓުން ބުނެފައިވާ ގޮތުގައި، ސްކައިޕް އެންމެ މަޝްހޫރު ވެގެން ދިޔަ ދުވަސްވަރު ދުވާލަކު 36 މިލިއަނަށްވުރެ ގިނަ މީހުން ސްކައިޕް ބޭނުންކޮށްފައިވެއެވެ.
މައިކްރޯސޮފްޓުން ބުނީ ސްކައިޕްގެ ހިދުމަތް މެއި މަހުން ފެށިގެން ހުއްޓޭނެ ކަމަށާއި ގުޅުންހުރި ހިދުމަތްތައް މިހާރުވެސް ލިބެމުން އަންނަ ގޮތަށް "ޓީމްސް" މެދުވެރިކޮށް، ލިބެމުންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މައިކްރޯސޮފްޓުން ސްކައިޕުގެ ޕްރީމިއަމް ވާޝަންގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސްކައިޕުގެ ޕްރިމިއަމް އަކީ ސަބްސްކްރައިބް ކޮށްގެން ލިބޭ ހިދުމަތެކެވެ. އެ ހިދުމަތް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް އެއްވެސް ލިމިޓެއް ނެތި ގުޅެއެވެ.