އެމެރިކާގައި ބަޑިން ހަމަލާދީ 12 މީހުން މަރާލައިފިއެވެ.
އެމެރިކާގެ ވާޖީނިއާގެ މުނިސިޕަލް ސެންޓަރ ގައި ދިން މި ހަމަލާ ދިންވަގުތަކީ ގިނަބަޔަކު އެ އިމާރާތުގައި އުޅެމުން ދިޔަ ވަގުތެއްކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. ވާޖީނިއާގައި ހުންނަ މުނިސިޕަލް ސެންޓަރގައި ސަރުކަރުގެ ގިނަ އޮފީސްތަށް ހުންނަކަމަށް މަުލޫމާތު ލިބެއެވެ.
ހަމަލަ ދިނުމާއެކު އެގައުމުގެ ފުލުހުން ވަނީ އެ އިމާރާތް ހުންނަ ސަރަހައްދު ބަންދުކޮށް އިމާރާތް ހުސްކޮށްފައެވެ.
ބަޑި ޖަހަމުން ދިޔަ މީހާ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރިވަގުތު އެމީހާވަނީ ފުލުހުންނަށްވެސް ހަމަލާދީފައެވެ.
މި ހަމަލާ ބަދަލުކުރުމުގައި ފުލުހުންގެ މީހަކަށް ވަނީ އަނިޔާވެފައެވެ. ބަޑިޖެހިމީހާ ވަނީ ފުލުހުންގެ ހަމަލާއެއްގައި މަރުވެފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ބަޑި ޖެހި މީހާގެ އިތުރުމައުލޫމާތެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ވާޖީނިއާގެ ފުލުހުން ވަނީ މިހާދިސާ ތަހުގީގުކުރަން ފަށާފައެވެ.