މުހައްމަދު އައުޒަމް
އިސްތިއުފާ ދިނުމުން އަމާންކަން ލިބޭނެނަމަ އެކަން ކުރަން ތައްޔާރު ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރައީސް ޒެލެންސްކީ ވަނީ ޔޫކްރޭނަށް އަމާންކަން ގެނައުމަށް އިސްތިއުފާ ދެއްވުމަށްފަހު ނޭޓޯއާ ހަވާލު ކުރެވިދާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޒެލެންސްކީ އިއްޔެ ވަނީ އިސްތިއުފާއަށް ފަހު ޔޫކްރޭން ނޭޓޯގެ ގައުމަކަށް ހެދިދާނެ ކަމަށާއި އެކަމުން ވަކި ބަދަލެއް ފެންނާނެ ކަމާމެދުވެސް ސުވާލު އުފައްދަވައިފައެވެ.
ރައީސް ޒެލެންސްކީ މީގެ ކުރިން ވެސް ވަނީ ނޭޓޯގައި ޔޫކްރޭނު ބައިވެރިވާނަމަ އެ ގައުމުގެ އާމީ ދެގުނަ ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ ޒެލެންސްކީ އެގޮތަށް ވާހަކަ ގެންގުޅުއްވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރޭނަކީ އެސަރަހައްދަށް ހަމަނުޖެހުން ގެނައި ގައުމު ކަމަށް ތުހުމަތު ކުރެއްވުމުން ކަމަށް ފާހަގަކޮށްފައެވެ. ޓްރަމްޕް ފަހުން ވަނީ އެވާހަކަ ބަދަލުކުރައްވައި ފުރަތަމަ ހަމަލާދީފައިވަނީ ރަޝިޔާއިން ކަމަށްވެސް ތުހުމަތުކުރައްވައިފައެވެ.