ދުނިޔެ

ޗައިނާގެ މިލިޓަރީ ޑްރިލްގެ ސަބަބުން އޮސްޓްރޭލިއާ ސަރަހައްދުން ފްލައިޓުތައް ޑައިވާޓްކޮށްފި

މުހައްމަދު އައުޒަމް

ޗައިނާގެ މިލިޓަރީ ޑްރިލްގެ ސަބަބުން އޮސްޓްރޭލިއާ ސަރަހައްދުން ފްލައިޓުތައް ޑައިވާޓްކޮށްފިއެވެ.

ޗައިނާއިން ކުރިއަށްގެންދިޔަ މިލިޓަރީ ޑްރިލްގެ ސަބަބުން އޮސްޓްރޭލިއާ ސަރަހައްދުގެ ފްލައިޓުތައް ޑައިވާޓް ކޮށްފައިވާ އިރު، ނިއުޒިލެންޑުގެ ސަރަހައްދުގެ ބައެއް ފްލައިޓުތައް ވެސް ޑައިވާޓްކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާއިން ހިންގި މިލިޓަރީ ޑްރިލްގައި އަސްލު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި ޑްރިލެއް ބޭއްވި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ޗައިނާގެ ޑްރިލްގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ބެލެވޭތީ އެއާލައިންތަކުން ވަނީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑަށް ކުރި ބައެއް ދަތުރުތަކަަށް ބަދަލު ގެނެސް ފްލައިޓުތައް ޑައިވާޓް ކޮށްފައެވެ.

އޮސްޓްރޭލިއާ އާއި ނިއުޒިލެންޑު ގުޅޭ ސަރަހައްދުގައި އޮންނަ ޓަސްމަން ކަނޑުގައި ޗައިނާއިން ކުރިއަށްގެންދިޔަ އެ ޑްރިލްގެ ސަބަބުން އޮސްޓްރޭލިއާ އާއި ނިއުޒިލެންޑުގެ މިލިޓަރީން ވަނީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެލާޓް ލެވެލް މަތިކޮށްފައެެވެ.

ޗައިނާއިން ވަނީ އެގައުމުން ބޭއްވި އެ ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ކަނޑުގައި ކަމުން އެއްވެސް ގާނޫނަކާ ހިލާފުވެފައިނުވާނެ ކަމަށް އެގައުމުން ބުނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެ ޑްރިލްގެ ސަބަބުން އެއްވެސް ގައުމަކަށް ނުރައްކާ ނުވާނެ ކަމަށް ބުނެފައެވެ.

ޗައިނާގެ ބޯޓުތައް އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.