ދުނިޔެ

އިންޑިއާގެ މައިނެއްގައި ތާށިވި މީހުންގެ ހަށިތައް 44 ދުވަސްފަހުން ނަގައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ މައިނެއްގައި ތާށިވި މީހުންގެ ހަށިތައް 44 ދުވަސްފަހުން ނަގައިފިއެވެ.

އިންޑިއާގެ އިރު އުތުރު އައްސާމް ސްޓޭޓްގައި އޮންނަ ކޯލް މައިނެއްގައި މަސައްކަތް ކުރި ފަސް މީހެއްގެ އެ މައިނުގެ ތެރޭގައި ތާށިވެފައިވަނީ ބޯކޮށް ވާރޭ ވެހި މައިނުތެރޭ ފެންބޮޑުވެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އެ މީހުންގެ ހަށިތައް ނެގީ އިއްޔެއެވެ.

މައިނުން ނެގި މީހުންގެ ހަށިތައް ކާކުކަން ދެނެގަނެވޭވަރަށްވުރެ ބޮޑަށް ކުނިވެފައިވާ ކަމަށާއި އެމީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމަށް ނިންމާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ އެ މައިނުގައި ހިނގި ހާދިސާގައި ސަލާމަތްވެފައިވަނީ އެންމެ މީހަކު ކަމަށް ރިޕޯޓުކޮށްފައެވެ.