ލަންކާގައި ރޭލެއްގައި ޖެހި 6 އެތް މަރުވެއްޖެއެވެ.
ސްރީލަންކާގެ އިރުމަތީގައި އޮންނަ ހަބާރާނާގައި މި ހާދިސާ ހިނގީ ރޭލު ދުއްވާފައި ދަނިކޮށް، ރޭލު ދަގަނޑުމަތީގައި ތިބި އެތްތަކެއްގައި ޖެހުމުގެ ސަބަބުންނެވެ.
އިއްޔެ ހިނގި އެ ހާދިސާގައި ރޭލުން ދަތުރުކުރި އެއްވެސް ދަތުރުވެރިޔަކަށް އަނިޔާވެފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާގައި 6 އެތް މަރުވެފައިވާއިރު ދެ އެތަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ އޮފިޝަލުން ވަނީ އެ ގައުމުގައި ރޭލުގައި ޖެހި މިފަދަ ހާދިސާތައް ހިނގަނީ ވަަރަށް މަދުން ކަމަށާއި މިއީ ހިތާމަވެރި ހާދިސާއެއް ކަމަށް ފާހަގަކޮށްފައެވެ.