ދުނިޔެ

ރަންވޭ މަތިން ފުރޮޅާލި ޑެލްޓާ އެއާލައިންގެ ކޮންމެ ދަތުރުވެރިޔަކަށް 30،000 ޑޮލަރު ދެނީ

މުހައްމަދު އައުޒަމް

މިދިޔަ ހޯމަ ދުވަހު ރަންވޭ މަތިން ފުރޮޅާލި ޑެލްޓާ އެއާލައިންގެ ކޮންމެ ދަތުރުވެރިޔަކަށް 30،000 ޑޮލަރު ދޭން އެއެއާލައިނުން ނިންމައިފިއެވެ.

ކެނެޑާގެ ޓޮރޮންޓޯއަށް ޖައްސަން ދިޔަ ޑެލްޓާ އެއާލައިންގެ ފްލައިޓު ވަނީ ރަންވޭގައި ޖެއްސުމާއެކު ފުރޮޅާލައިފައެވެ.

އެ ހާދިސާގެ ތަހުގީގު ކުރިޔަށް ދިޔަ ނަމަވެސް ހާދިސާ ހިނގާން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.

76 ފަސިންޖަރުންނާއި ހަތަރު ފަޅުވެރީން ދަތުރުކުރި އެ ފްލައިޓުން 21 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އެއާލައިނުން ވަނީ އެ ފްލައިޓުން ދަތުރުކުރި ކޮންމެ ދަތުރުވެރިޔަކަށް ބަދަލު ދިނުމަށް ނިންމާފައެވެ. އެގޮތުން 30،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.