ދުނިޔެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު މަރާލަން މަސައްކަތް ކުރި މީހާ 10 އަހަރަށް ޖަލަށް

މުހައްމަދު އައުޒަމް

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މަރާލުމަށް މަސައްކަތް ކުރި މީހާ ޖަލަށްލައިފިއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ މަރާލުމަށް މަސައްކަތް ކުރި އުމުރުން 25 އަހަރުގެ ރިޔޫޖީ ކިމުރާ އަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފާއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ، އޭނާގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ އެއްވުމެއްގައި ސަޕޯޓަރުންނާ މައްދަލުކުރައްވަނިކޮށް އެމީހާ ވަނީ ސްމޯކް ބޮމެއް އެއްލާލައި އެ ސަރަހައްދުގައި ގޮއްވާލައިފައެވެ.

އެހާދިސާ ހިނގުމާއެކު ސަލާމަތީ ބާރުތަކުން ވަނީ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ސަލާމަތްކޮށް ރައްކާތެރިކޮށްފައެވެ. އަދި އެހަމަލާގައި ފުމިއޯ ކިޝިޑާއަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައިނުވާ ކަމަށް އޮފިޝަލުން އޭރު ބުނެފައިވެއެވެ.

ޖަޕާނުގެ ކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ކިމުރާ ވަނީ ކިޝިޑާ މަރާލުމަށް މަސައްކަތް ނުކުރާ ކަމަށާއި އެއީ އޭނާ ސިޔާސީ ގޮތުން ވަކި ބޭނުމަކަށް ކުރި އަމަލެއް ކަމަށް ބުނެފައެވެ.

ނަމަވެސް ކޯޓުން ވަނީ އޭނާގެ އެ އަމަލަކީ ނުރައްކާތެރި ހާދިސާއެއް ހިނގައި ފުރާނައަކަށް ގެއްލުން ވެދާނެފަދަ އަމަލަކަށްވާތީ، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ބުނެފައެވެ.