މުހައްމަދު އައުޒަމް
ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސައޭރޮން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެކްޓަރު ކިމް ސައޭރޮން މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓު ތެރެއިން ކަމަށް އޮފިޝަލުން ބުނެއެވެ.
އުމުރުން 24 އަހަރުގެ އެކްޓަރު ކިމް މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އޭނާގެ ހަށިގަނޑު ފުރަތަމަ ފެނިފައިވަނީ އޭނާގެ ރައްޓެއްސަކަށް ކަމަށް ކޮރެއާގެ ފުލުހުން ބުނެއެވެ.
ދެކުނު ކޮރެއާގެ ފުލުހުން ކިމްގެ މަރުގެ ތަހުގީގު ފަށާފައިވާއިރު މިހާތަނަށް ބެލިިބެލުމުން ކިމްގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެނިފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ކިމް ސައޭރޮންގެ ފިލްމީ ކެރިއަރު ފެށިފައިވަނީ އޭނާ ކުޑައިރު ކުޅެފައިވާ ފިލްމުތަކާއި ޑްރާމާތަކުންނެވެ. އެގޮތުން ކޮރެއާގައި ހިޓްވެފައިވާ ފިލްމްތަކުން ކިމްގެ އެކްޓުވަނީ ފެނިފައެވެ.
ކިމް ކުޅެފައިވާ އެންމެ ވައިރަލްވެފައިވާ ކޭ ޑްރާމާއަކީ ''ބްލަޑްހައުންޑްސް'' ނަމަކަށް ކިޔާ ނެޓްފްލިކްސް ސީރީސްއެކެވެ.
ކިމްއަށް ވަނީ 2023 ވަނަ އަހަރު މަސްތުގެ ހާލުގައި ހުރެ ކާރު ދުއްވުމުގެ ސަބަބުން އެކްސިޑެންޓުވެ 14،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކުރިމަތިވެފައެވެ.