މުހައްމަދު އައުޒަމް
ޕާކިސްތާނުގެ ކުޑަ އަވަށެއްގައި 700 އަށްވުރެ ގިނަ މީހުން އެޗްއައިވީ އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕާކިސްތާނުގެ ދެކުނުގައި އޮންނަ ޑިނޯ ސީލްރޯގައި ދިރިއުޅޭ މީހުންގެ ތެރެއިން މިހާތަނަށް ކުރި ޓެސްޓުތަކުން ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ މީހުން އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ އިރު، މީގެތެރެއިން 537 މީހުންނަކީ ކުޑަކުދިން ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އަދި މިކުދިންނަކީ އުމުރުން ދެ އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިން ކަމަށް މައުލޫމާތު ލިބެެއެވެ.
ދުނިޔޭގެ ހަވަނައަށް އެންމެ އާބާދިީ ބޮޑު ޕާކިސްތާނުގައި އެޗްއައިވީ މިހާ އަވަހަށް ފެތުރެން ދިމާވީ އެގައުމުގެ ޑޮކްޓަރުން ރައްކާތެރި ގޮތުގައި އިންޖެކްޝަން ކަށި ބޭނުންނުކުރާތީ ކަމަށް މާހިރުން ބުނެއެވެ.
ޕާކިސްތާނު ސަރުކާރުން އަދި މިހާތަނަށް މިކަމާ ބެހޭގޮތުން ވާހަކަދައްކާފައި ނުވާއިރު މިމައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާކަމަށް އޮފިޝަލުން ބުނެއެވެ.
ފާކިސްތާނަކީ ނިސްބަތުން އެޗްއައިވީގެ އާބާދީ ބޮޑު ގައުމެކެވެ. އެގައުމުގައި 150000 މީހުންނަށް އެޗްއައިވީ ޖެހިފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ.