ދުނިޔެ

އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް ލިބެން ފަށައިފި

މުހައްމަދު އައުޒަމް

އެމެރިކާގައި ޓިކްޓޮކްގެ ހިދުމަތް ލިބެން ފަށައިފިއެވެ.

އެމެރިކާގެ ކުރީ ސަރުކާރުގެ އެންމެ ފަހުކޮޅުގައި އެ ގައުމުގެ ގާނޫނަށް ގެނައި ބަދަލަކާއެކު ޓިކްޓޮކް އެޕްގެ ހިދުމަތް ދޭ ގޫގުލް އާއި އެޕަލް އިން ވަނީ އެކަން ހުއްޓާލާފައެވެ.

ގޫގުލް އާއި އެޕަލްގެ އެޕް ސްޓޯރުތަކަށް ޓިކްޓޮކްގެ ހިދުމަތް އަނެއްކާވެސް ލިބެން ފަށާފައިވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގާނޫނަށް އަމަލުކުރުން ފަސް ކުރެއްވުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާއަށް ނިސްބަތްވާ ޓިކްޓޮކް އެމެރިކާގައި މަނާކޮށްފައިވަނީ އެ އެޕަކީ އެމެރިކާގެ އެއްވެސް ކުންފުންޏަކާ ނުވަތަ އާންމު ފަރުދެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވާތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެމެރިކާގެ އާބާދީގެ 170 މިލިއަނަށްވުރެ ގިނަ މީހުން ޓިކްޓޮކް ބޭނުންކުރާއިރު އެ ގައުމުން ޓިކްޓޮކް މަނާކުރަން މިދިޔަ އަހަރު ނިންމި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.