ދުނިޔެ

މިތިބީ ގާޒާ ގަނެ އަމިއްލަކުރަން ވެސް ތައްޔާރަށް: ޓްރަމްޕް

މުހައްމަދު އައުޒަމް

މިތިބީ ގާޒާ ގަނެ އަމިއްލަކުރަން ވެސް ތައްޔާރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ ގާޒާގެ ދެމިލިއަނަށްވުރެ ގިނަ އާންމުން އެހެން ސަރަހައްދަކަށް ބަދަލުކޮށް ގާޒާ އަކީ އެމެރިކާގެ އަމިއްލަ މިލްކެއް ކަމަށް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިދިޔަ އާދިއްތަ ދުވަހު ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކުން ގާޒާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އެ ގައުމުތަަކަށް ގެންގޮސް ގެދޮރުދީ އެމީހުންނަށް ފާގަތި ދުވަސްތަކެއް ގެނެސްދެވޭނެ ކަމަށެވެ.

ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ ހަމާސް އާއި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ކުރަމުން ގެންދިޔަ ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް އެއްބަސްވެ ދެފަރާތުން ވެސް ވަނީ އަސީރުންނާއި ގައިދީން ދޫކުރަން ފަށާފައެވެ.

ގާޒާގައި ނަސްލެއް ނައްތާލުމަށް އިސްރާއީލުން ކުރި ހަނގުރާމައިން ސަލާމަތްވުމަށް ގާޒާގެ އެތައް މިލިއަން މީހުން ވަނީ އެ ސިޓީ ދޫކޮށް ގޮސްފައެވެ. އަދި ހަނގުރާމަ މަޑުޖައްސާލުމުން އާންމުން އެނބުރި އަމިއްލަ ވަޒަނަށް ދާން ފަށާފައެވެ.