މެކްސިކޯގައި ހިނގި ބަސް އެކްސިޑެންޓެއްގައި 41 މީހަކު މަރުވެއްޖެއެވެ.
މެކްސިކޯގެ ދެކުނުގެ ސަރަހައްދެއްގައި ހިނގި މި ހާދިސާގައި 48 މީހުންނާއެކު ދަތުރުކުރި ބަހެއް އެކްސިޑެންޓު ވީ ޓްރަކެއްގައި ޖެހުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. .
ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި 41 މީހުން މަރުވެފައިވާކަމަށް މެކްސިކޯގެ ޓަބަސްކޯ ސްޓޭޓްގެ އޮފިޝަލުން މީޑިއާތަކަށް ކަށަވަރުކޮށްދީފައިވެއެވެ.
އޮފިޝަލުން ބުނެފައިވާގޮތުގައި މި ދެ ވެހިކަލް ޖެހުނު ވަގުތު އަލިފާން ރޯވި އެވެ. ގިނަ ބަޔަކު މަރުވީ، ރޯވެ އަނދަމުން ދިޔަ ވެހިކަލް ތެރޭގައި ތާށިވުމުގެ ސަބަބުންނެވެ.
މެކްސިކޯގެ ޓަބަސްކޯ ސްޓޭޓްގެ އޮފިޝަލުން ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ބޮޑު ތަހުގީގެއް ފަށާފައެވެ.