މުހައްމަދު އައުޒަމް
ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާ ކުރާ ގާނޫނެއް އީޔޫއިން ފާސްކޮށްފިއެވެ.
އީޔޫގެ އިން މި ފާސްކުރި ގާނޫނުގައިވާ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އުފެއްދުން 2021 ގެ ފަހުން ހުއްޓާލަން ޖެހޭނެ އެވެ. އަދި 2025 ގެ ކުރިން %90 ޕްލާސްޓިކް ފުޅި ރިސައިކަލް ކުރަން ވެސް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. ޕްލާސްޓިކް ފުޅި އުފައްދާ ކުންފުނިތަކުން ކުނި އުކާލާ ނިޒާމް ތަކަށް މާލީގޮތުން އެހީތެރިކަން ދޭންޖެހޭނެ ކަމަށް ވެސް އީޔޫއިން ވަނީ ބުނެފަ އެެވެ.
އީޔޫ ޕާލިމެންޓް ގެ މެޖޯރިޓީން ފާސް ކުރި މި ގާނޫނު ތަސްދީގު ކުރުމުގެ މަސައްކަތް މެމްބަރު ގައުމުތަކުން މިހާރު ވަނީ ފަށާފައެވެ.
އީޔޫއިން މިގާނޫނު ފާސްކުރުމުގެ އެއްދުވަސް ކުރިން އޮސްޓްރިއާގެ ސައިންޓިސްޓެއް ވަނީ އިންސާނުންގެ ބޮޑުކަމުދާ ތަކެތީގައި މައިކްރޯ ޕްލާސްޓިކް ހުންނަ ކަމަށް އޭނާގެ ހޯދުންތަކުން ފެނިއްޖެ ކަމަށް ބުނެފައެވެ. އަދި މީގެ މާނައަކީ އިންސާނުންގެ ކެއުމުގައި ނޭނގި ނަމަވެސް ޕްލާސްޓިކް ބޭނުން ކުރެވޭކަން ކަމަށް ބުނެފައެވެ.