މާލީ އެހީގެ ގޮތުގައި ސައުދީން ޕާކިސްތާނަށް ހަ ބިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޭން ނިންމައިފިއެވެ.
ޕާކިސްތާނުން ވަނީ ސައުދީގައި ކުރިއަށް ގެންދިޔަ އިންވެސްންޓްމަންޓު ފޯރަމްގައި އެގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ސައުދީ ރަސްގެފާނާ ބައްދަލު ކުރައްވައި ލޯނުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ބުނެފަ އެވެ.
ސައުދީ އިންވެސްޓްމެންޓް ފޯރަމް އަށް ދިއުމުގެ ކުރިންވެސް ޚާން ވަނީ ޕާކިސްތާނަށް މާލީގޮތުން ވަރަށް ބޮޑު އެހީ ބޭނުންވާ ކަމަށާއި ސައުދީން އެހީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.