ދުނިޔެ

ކެންސަރު ފަރުވާއަށްފަހު ޕްރިންސެސް ކޭޓް ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

ކޭޓް މިޑްލްޓަން، ބަނޑުގެ ސާޖަރީއަކާއި ކެންސަރު ފަރުވާގެ ސަބަބުން އުނދަގޫ އަހަރެއް ހޭދަކުރުމަށްފަހު، މިމަހު 14 ވަނަ ދުވަހު އެނބުރި އޭނާގެ ރަސްމީ މަސައްކަތަށް ނުކުމެއްޖެއެވެ. އޭނާ ވަނީ ވޭލްސްގެ ޕްރިންސެސް ކެންސަރު ފަރުވާ ހޯދި މާސްޑެން ހޮސްޕިޓަލަށް ޒިޔާރަތެއް ކޮށްފައެވެ.

މި ޒިޔާރަތަކީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ކުރިން އުޅުނު ހަރަކާތްތެރި ދިރިއުޅުމަށް އެނބުރި ރުޖޫއަ ވެވުނު ފަހުން ކުރި މިފަދަ ފުރަތަމަ ދަތުރެވެ. މިފަހަރު މިޑްލްޓަން ހޮސްޕިޓަލަށް ވަދެވަޑައިގަތީ ފޮރުވިފައިވާ ފަހަތު ދޮރަކުން ނޫނެވެ. އޭނާ ވަދެވަޑައިގަތީ މައި ލޮބީގެ ދޮރުންނެވެ. މިކަމުން ބަލަން ތިބި މީހުންނާއި ނޫސްވެރިންގެ ސަމާލުކަން ހުއްޓުނެވެ.

މީޑިއާތަކުން ބުނާގޮތުގައި، ޕްރިންސެސް މާސްޑެން ހޮސްޕިޓަލުގެ ގޭޓުން ވަދެވަޑައިގަތްއިރު ޕްލެއިޑް ބްލޭޒޭ މިލާނޯ ކޯޓަކާއި އޭނާގެ ސިގްނޭޗާ ހީލްސްގައި ފެނުނީ ވަރަށް ސާބިތުކޮށް ހުންނަވަނިކޮށެވެ. ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލިމީހުންނާއި މަންޒަރު ބަލާން ތިބި މީހުން މިޑްލްޓަންއަށް މަރުހަބާ ދަންނަވައި އޭނާ އެނބުރި ވަޑައިގަތުމުގެ އުފާވެރިކަން ފާޅުކޮށްފައިވެއެވެ.

އޭނާ އެހެން ބަލިމީހުންނަށް ހަމްދަރުދީއާއި ހިތްވަރު ދެއްވިއެވެ. މިކަމުން މީހުންނަށް ހަނދާންވީ އޭނާގެ މަރުހޫމް މައިދައިތަ އަދި ކުރީގެ ވޭލްސްގެ ޕްރިންސެސް ޑަޔާނާގެ ހެޔޮއެދޭ އާންމު ބައްދަލުވުންތަކެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ކުއީން އެލިޒަބަތު އަވަހާރަވުމަށްފަހު އަގުވެއްޓިފައިވާ ރަސްކަމުގެ އާއިލާގެ އަގު ކޭޓް މިޑްލްޓަންގެ ސަބަބުން އުފުލޭނެ އެވެ.

މީގެ އިތުރުން، ކިންގް ޗާލްސްގެ ސިއްހަތާ މެދު ޔަގީންކަން ނެތުމުގެ ބިރުވެރިކަން ރަސްކަމުގެ އާއިލާގެ މައްޗަށް ވަނީ ވެރިވެފައެވެ.