ސިވިލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ މުއްސަބު އަބްދުﷲ ސަސްޕެންޑުކޮށްފިއެވެ.
މިކަން އިސްލާމިކް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވަނީ ''ވަން އޮންލައިން''އަށް ކަށަވަރުކޮށްދެއްވާފައެވެ. ޝާފިއު ވިދާޅުވީ މުއްސަބު ސަސްޕެންޑުކޮށްފައި ވަނީ މިއަދު ކަމަށެވެ. އަދި އޭނާ ސަސްޕެންޑު ކޮށްފައިވާކަން ސިވިލް ސާވިސް ކޮމިޝަނުން މިއަދު މިނިސްޓްރީއަށް ލިޔުމަކުން އެންގި ކަމަށް ޝާފިއު ވިދާޅުވިއެވެ.
މުއްސަބު ސަސްޕެންޑު ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ މުސާރަ ލިބޭގޮތަށްކަމަށް ޝާފިއު މައުލޫމާތު ދެއްވިއެވެ.
މުއްސަބު ސަސްޕެންޑް ކުރި އިރު، ހައްޖު ކޯޓާ ދިނުމާއި މީހުން ހައްޖަށް ފޮނުވުމުގައި ކޮރަަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް އުޅޭ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް އޭނާ ސަސްޕެންޑް ކުރީ އެފަދަ މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވި އެވެ.