ދުނިޔެ

އިންޑިއާގައި ސްޓޭޖެއް ވެއްޓި ހަތް މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ސްޓޭޖެއް ވެއްޓި ހަތް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ބަގްޕާލްގައި ކުރިޔަށް ދިޔަ ދީނީ ފެސްޓިވަލެއްގައި ހަދާފައި ހުރި ސްޓޭޖު ވެއްޓިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި ހަތް މީހުން މަރުވެފައިވާ އިރު 40 އަށްވުރެން ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އެހާދިސާގައި ވެއްޓުނު އެ ސްޓޭޖް ހަދާފައި ހުރީ ލަކުޑިއާއި ބަންބޫ ގަސް ބޭނުންކޮށްގެން ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ކިހިނެތް ކަމެއް އަދި ސާފު ނުވާ ކަމަށާއި

ފުލުހުން ބުނީ އެ ފެސްޓިވަލުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި އެސަރަހައްދުގެ ހާލަތު ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ. އަދި އަނިޔާވި މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމަށް 108 އެމްބިއުލާންސް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ބުންޏެވެ.