ދުނިޔެ

ސޫދާނުގައި ހުންނަ ހޮސްޕިޓަލަކަށް ދިން ޑްރޯން ހަމަލާއެއްގައި 30 މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

ސޫދާނުގައި ހުންނަ ސައުދީ ހޮސްޕިޓަލަކަށް ޑްރޯން ހަމަލާއެއްދީ، 30 މީހަކު މަރާލައިފިއެވެ.

އޮފިޝަލުން ބުނާގޮތުގައި، ސޫދާނުގެ ދާފޫރު ސަރަހައްދުގައި ހުންނަ އެ ހޮސްޕިޓަލަށް ދިން ހަމަލާގައި 30 މީހުން މަރުވެފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ސޫދާނުގައި ހުންނަ ސައުދީގެ އެ ހޮސްޕިޓަލަށް ދިން ހަމަލާގައި ހޮސްޕިޓަލުގެ އިމަޖެންސީ އިމާރާތް ބޭނުން ނުކުރެވޭވަރު ވެފައިވާ ކަމަށާއި މިއީ އެ ސަރަހައްދުގައި ސަލާމަތުން ހުރި ހަމައެކަނި ހޮސްޕިޓަލު ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހޮސްޕިޓަލަށް ހަމަލާ ދީފައިވަނީ ކޮން ފަރާތަކުން ކަމެއް އަދި ހޯދިފައިނުވާ އިރު، އެ ހަމަލާ ފޮނުވާލާފައިވަނީ ސޫދާނުގެ ތެރެއިންނެވެ.

ދެހާސް ތޭވީސް ވަނަ އަހަރުން ފެށިގެން ސޫދާނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ސޫދާނުގެ ސިފައިންނާއި އެގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.