ދުނިޔެ

ހަމާސް އިން ހަތަރު އަސީރުން އަދި އިޒްރޭލުން 200 ގައިދީން މިނިވަންކޮށްފި

މުހައްމަދު އައުޒަމް

ހަމާސް އިން ހަތަރު އަސީރުން އަދި އިޒްރޭލުން 200 ގައިދީން މިނިވަންކޮށްފިއެވެ.

އިޒްރޭލާއި ހަމާސް އިން ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިއްޔެ ވަނީ ހަމާސް އިން ހައްޔަރުކުރި އިޒްރޭލަށް ނިސްބަތްވާ ހަތަރު އަސީރުން ދޫކޮށްލައިފައެވެ.

ގާޒާގައި ބޭއްވި ހާއްސަ އެއްވުމެއްގައި ހަމާސް އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ހަތަރު އަސީރުން ރެޑްކްރޮސްއާ ހަވާލުކޮށްފައެވެ. އެ ހަތަރު އަސީރުން ރައްކާތެރިކަމާއެކު އިޒްރޭލަށް ގޮސްފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ގައިދީންގެ ތެރެއިން 200 ގައިދީއަކު ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އިޒްރޭލުން ދޫކޮށްލި 200 މީހުންގެ ތެރެއިން 70 މީހަކު އިޒްރޭލުން ވަނީ ޑީޕޯޓުކޮށްލައިފައެވެ.