އެމްއެންޑީއެފް

އެގާރަ މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

އެގާރަ މީހުންނާއެކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ. މާމުނަގައު ރިސޯޓަށް އެގާރަ މީހުންނާއެކު ދަތުރުކުރި 80 ފޫޓުގެ ''އަޒުމް'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު އަކިރިފުށީގެ ހުޅަނގުން ދެ ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުމާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 8:43 ގައި ކަމަށާއި މިހާދިސާ ހިނގިއިރު އެދޯނީގައި 10 ބިދޭސީންނާއި އެއް ދިވެއްސަކު ހުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.