މުހައްމަދު އައުޒަމް
އެމެރިކާއިން ޑަބްލިއުއެޗްއޯގެ މެންބަރުކަން ދޫކޮށްލަން ނިންމައިފިއެވެ.
އެމެރިކާގެ އާރައީސް ޑޮނަލްޑް ޓްރަޕްމް މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ކުރެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޑަބްލިއުއެޗްއޯގެ މެންބަރުކަން ދޫކޮށްލާ ގަރާރުގައި ވަނީ ސޮއިކުރައްވައިފައެވެ.
ރައީސް ޓްރަމްޕް މި ގަރާރުގައި ސޮއިކުރެއްވުމާއެކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ މަސައްކަތް ފަށާފައިކަމަށް އޮފިޝަލުން ބުނެއެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ޑަބްލިއުއެޗްއޯއިން ކުރި މަސައްކަތް ވަރަށް ދޯދިޔާ ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި، ޑަބްލިޔުއެޗްއޯގެ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް މަސައްކަތެއް ކޮށްފައިވެސް ނުވާކަން ފާހަގަކޮށްފައިވެއެވެ.
އެމެރިކާއަކީ ޑަބްލިއުއެޗްއޯ އަށް ފަންޑު ކުރުމުގައި އެންމެ ބޮޑު އަދަދެއް ދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ޑަބްލިއުއެޗްއޯގެ މެންބަރުކަމުން އެމެރިކާ ވަކިވެއްޖެ ނަމަ އެހީ ކެނޑި ދަތިތަކާއި ކުރިމަތިވާނެކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.