ދުނިޔެ

ދެކުނު ކޮރެއާގެ ރައީސް ހައްޔަރުން ދޫކޮށްލުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

މުހައްމަދު އައުޒަމް

ދެކުނު ކޮރެއާގެ ރައީސް ހައްޔަރުން ދޫކޮށްލުމަށް ހުށަހެޅި ޕެޓިޝަން (މައްސަލަ) ކޯޓުން ބޭރުކޮށްލައިފިއެވެ.

ދެކުނު ކޮރެއާގެ ގާނޫނަށް އަމަލުކުރުން ހުއްޓުވައި، މިލިޓަރީ ވެރިކަމަކަށް ބަދަލު ކުރުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ޔޫން ސުކް ޔެއޮލް މަގާމުން ދުރުކޮށްފައެވެ.

ޔޫން ގާނޫނާ ހިލާފުވެވަޑައިގެންނެވުމުގެ ސަބަބުން އެ މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. ޔޫން ހައްޔަރުކުރީ އެ އަމުރާ ގުޅިގެންނެވެ. ޔޫން ހައްޔަރުކޮށް ސުވާލުކުރަން ފަށާފައިވާއިރު އެ މައްސަލަ އަނބުރާ ނަގައި ޔޫން ދޫކޮށްލުމަށް ގޮވާލައި ޔޫންގެ ގާނޫނީ ވަކީލުން ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ޔޫން ދޫކޮށްލުމަށް ހުށަހަޅާފައިވާ އެ ޕެޓިޝަން ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފައެވެ. އެ ޕެޓިޝަންގައި ވަނީ ޔޫން ހައްޔަރުކޮށްފައި ވަނީ ނުގަވައިދުން ކަމަށެވެ.