މޭންޑީ މޫރަކީ ލޮސް އެންޖެލެސްގައި ރޯވެ އަނދަމުންދާ އަލިފާނުގެ ހާދިސާއާގައި، ގެދޮރު ގެއްލިފައިވާ ހޮލިވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން އެކެކެވެ. ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އޭނާއާއި އޭނާގެ އާއިލާ ވަނީ އެކްޓްރެސް ހިލަރީ ޑަފްގެ ގެއިން ހިމާޔަތް ހޯދައިފައެވެ.
މޭންޑީގެ ޅިޔަނު އަދި މިއުޒިޝަނެއް ކަމަށްވާ ގްރިފިން ގޯލްޑްސްމިތް، އޭނާގެ އިންސްޓަގްރާމް އެ ކައުންޓްގައި ހިލަރީ އަދި އޭނާގެ ފިރިމީހާ މެތިއު ކޯމާއަށް ޝުކުރުވެރިކަމުގެ ނޯޓެއް ލިޔެފައިވެއެވެ. ގްރިފިންއަކީ މޭންޑީގެ ފިރިމީހާ ޓެއިލަރ ގޯލްޑްސްމިތްގެ ރައްޓެއްސެކެވެ. އެމީހުންނަކީ ޑޯސް ބޭންޑްގެ ބައެކެވެ. ގްރިފިންގެ ގެ ވަނީ ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާގައި އަނދައިފައެވެ.
ގްރިފިން އަދި އޭނާގެ އަނބިމީހާއަށް ގޯފަންޑްމީ ޕޭޖުން 205,000 ޑޮލަރު ލިބުމާ ގުޅިގެން، އޭނާ ވަނީ ހަދިޔާކުރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެ ކުރިން، މޭންޑީ ވެސް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ގޯފަންޑްމީގެ ލިންކް ހިއްސާކޮށްފައެވެ. ނަމަވެސް، އޭނާގެ އަމިއްލަ އާއިލާއަށް މާލީ ގޮތުން އެހީތެރި ނުވުމުން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
މެންޑީ ވަނީ އިންސްޓަގްރާމް ސްޓޯރީއެއްގައި މި ފާޑުކިޔުންތަކަށް ޖަވާބުދީފައިވެއެވެ، އޭގައިވާ ގޮތުގައި އަމިއްލަ އާއިލާއަށް އެހީވޭތޯ ސުވާލުކުރާ މީހުން ނުވަތަ ގޫގުލްގައި ބުނާ ކޮންމެވެސް އަދަދެއްގެ ފައިސާ އަތުގައި ހުރިކަމަށް ބުނާ މީހުން އެއީ އެހީތެރިވާ މީހުނެއް ނޫނެވެ. އަދި އެއީ އެއްވެސް ހަމްދަރުދީއެއް އޮތް ބައެއްވެސް ނޫނެވެ. މެންޑީ އިތުރަށް ބުނީ އެމީހުން އެހީތެރިވާނެ ކަމަށާއި ގާތް ރަހްމަތްތެރިއެއް ކަމަށްވާ މެޓް މި ގޯފަންޑްމީ ފެށީ އެހީތެރި ވެވޭނެ ގޮތެއް އެހެން މީހުން އަހާތީ ކަމަށެވެ.
އޭނާ އިތުރަށް ބުނީ، ކެލިފޯނިއާގެ އަލްޓަޑީނާގައި ހުރި އޭނާގެ ގެ ވަނީ އީޓަން ފަޔަގައި އަނދައިގެން ގޮސްފައެވެ. ޕެރިސް ހިލްޓަން، ސްޕެންސަރ ޕްރެޓް އަދި ހައިޑީ މޮންޓާގް، ޖޭމްސް ވުޑްސް، ޑަޔާން ވޮރެން، ކެމެރޮން މެތިސަން އަދި ރިކީ ލޭކް ފަދަ މަޝްހޫރު އެހެން ފަންނާނުންގެ ގެތައްވެސް ވަނީ މި ހާދިސާގައި އަނދައިފައެވެ.