މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

އީދު ބަންދުގައި އުތީމު ގަނޑުވަރު ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި

އަންނަ އީދު ބަންދުގެ ތެރޭގައި ހއ. އުތީމުގައި ހުންނަ ''އުތީމު ގަނޑުވަރު'' ހުޅުވާނެ ގަޑިތައް ހެރިޓޭޖް މިނިސްޓްރީން އާންމު ކޮށްފިއެވެ.

ހެރިޓޭޖު މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ވާގޮތުން ޝައްޗާލު މަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ 9:15 އިން 12:30 އަށެވެ.

ނަމަވެސް އީދު ދުވަހާއި ޝައްވާލު މަހުގެ 4 ވަނަ ދުވަހާއި އަދި 5 ވަނަ ދުވަހު ގަނޑުވަރު ބަންދުވާނެ ކަމަށް ހެރިޓޭޖުން ބުނެފައިވެއެވެ. އަދި ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ހުކުރު ދުވަހެއް ފިޔަވައި އުތީމު ގަނޑުވަރު 8:15 އިން 1:30 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އުތީމު ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އާއިލާ ދިރިއުޅުއްވި ގެކޮޅު ކަމަށްވާ ''އުތީމު ގަނޑުވަރު'' އަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޒިޔާރަތްކުރާ އާސާރީ ބިނާއެކެވެ.