މުހައްމަދު އައުޒަމް
ޔޫކްރޭނުން ހައްޔަރުކުރި ނޯތު ކޮރެއާގެ ސިފައިން ދޫކޮށްލަން ޑީލެއް ހަދަން ހުށަހަޅައިފިއެވެ.
ދެކޮރެއާގެ ހަނގުރާމައިގެ ފޯރި ގަދަވެ އެންމެފަހުން އެހެން ގައުމުތަކުގެ ސިފައިން އެ ހަނގުރާމައިގައި ބައިވެރިވެފައިވާއިރު ޔުކްރޭނުން ވަނީ ރަޝިޔާ ފަޅީގައި ހަނގުރާމައިގައި ބައިވެރިވެފައިވާ ނޯތު ކޮރެއާ ސިފައިންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައެވެ.
ޔުކްރޭނުން ވަނީ ނޯތު ކޮރެއާގެ ދެ ސިފައިން އަނބުރާ ނޯތު ކޮރެއާއާ ހަވާލު ކުރުމުގެ ބަދަލެއްގެ ގޮތުން ރަޝިޔާއިން ހައްޔަރު ކޮށްފައިވާ ޔުކްރޭނު ސިފައިން ދޫކޮށްލުމަށް ޑީލެއް ހުށަހަޅައިފައެވެ.
ޔުކްރޭނުގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ނޯތު ކޮރެއާއަށް މިހާރު މި ލިބުނު ފުރުސަތުގައި މި ހަނގުރާމައާ ގުޅުން ހުރި ކަންކަމުގައި ތެދު ހާމަކޮށް އަމާންކަން ގާއިމުކުރުމަށް އެހީވެދެވިދާނެ ކަމަށް ވިދާޅުވެފައެވެ.
ޔުކްރޭނުން ހައްޔަރު ކުރި ނޯތު ކޮރެއާ ސިފައިންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައިވާއިރު ޔުކްރޭނުގެ ސަލާމަތީ ބާރުން ވަނީ ރަޝިޔާ ފަޅީގައި ހަނގުރާމަ ކުރުމަށް ނޯތު ކޮރެއާއިން ސިފައިން ފޮނުވާފައިވަނީ އޮޅުވާލައިގެން ސިފައިންނަށް ހާއްސަ ޓްރެއިނިންއެއް ދިނުމަށް ރަޝިޔާއަށް ގެންދާ ކަމަށް ބުނެ އޮޅުވައިލައިގެން ކަމަށްވެސް ބުނެފައެވެ.
ހައްޔަރު ކުރި ނޯތުކޮރެއާ ސިފައިން ގެންގުޅުނީ ރަޝިޔާގެ މިލިޓަރީ އައިޑީއެއް ކަމަށާއި އެމީހުންގެ އަތުގައި އިތުރު އެހެން އެއްވެސް ލިޔުމެއް ނެތް ކަމަށް ޔުކްރޭނުން ބުނެއެވެ.