މުހައްމަދު އައުޒަމް
ރަޝިޔާ ފަޅީގައި ތިބި ނޯތު ކޮރެއާ ސިފައިންގެ ދެ މީހަކު ޔުކްރޭނުން ހައްޔަރުކޮށްފިއެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަވިޔާގެ ކުރުސްކު ސަރަހައްދުގައި ހަރަކާތްތެރިވާ ޔުކްރޭނު ސިފައިން ހައްޔަރުކުރި ކޮރެއާ ސިފައިންނަކީ މިހާތަނަށް ދިރިތިއްބާ އަތުލައިގަނެފައިވާ ފުރަތަމަ ދެ މީހުން ކަމަށް ބުނެފައެވެ.
ހައްޔަރުކުރި ދެ ސިފައިންނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުން ކީވް އަށް ގެންގޮސްފައިވާ ކަމަށްވެސް ޔޫކްރޭނުން ބުނެއެވެ.
ރައީސް ޒެލެންސްކީ ވަނީ ހައްޔަރުކުރި ދެ ސިފައިން މިހާރު ތިބީ ޔުކްރޭނުގެ ސެކިއުރިޓީ ޓީމުގެ ބެލުމުގެ ދަށުގައި ކަމަށާއި އެމީހުންނާ ވާހަކަ ދެކެވޭ ކަމަށް ބުނެފައެވެ. ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އެކްސް ގައި އެދެ ސިފައިންގެ ފޮޓޯވެސް ހިއްސާކުރައްވައިފައެވެ.
ރަޝިޔާ އަދި ޔުކްރޭނުން ކުރަމުންދާ ބޮޑު ހަނގުރާމައިގައި ދެ ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ރަޝިޔާގެ އެކުވެރި ނޯތު ކޮރެއާއިން އެ ހަނގުރާމައިގައި ރަޝިޔާ ފަޅީގައި 11،000 އަށްވުރެ ގިނަ ސިފައިން ބޭނުންކުރާ ކަމަށް ޔުކްރޭނުން ބުނެފައިވެއެވެ.