ދުނިޔެ

ލޮސް އެންޖަލްސް އަލިފާނުގެ ހާދިސާ: ހާލޭ ބެރީގެ ހެދުންތައް ހަދިޔާ ކޮށްފި

1

ލޮސް އެންޖަލެސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުން އަސަރުކޮށް ގެދޮރު ގެއްލިފައިވާ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ހާލޭ ބެރީ އޭނާގެ ވަރަށް ގިނަ ހެދުންތައް ހަދިޔާކޮށްފިއެވެ. އޭނާ ވަނީ ފޭސްބުކް ފޮލޯވަރުންނާއި ސަޕޯޓަރުންނަށް މި ކަމުގެ ހަބަރު ހިއްސާކުރުމަށްފަހު، އެމީހުންނަށްވެސް މިކަމުގައި ބައިވެރިވުމަށް ގޮވާލައިފައެވެ.

ހާލޭ އޭނާގެ ހެދުންތައް ހަދިޔާކޮށްފައިވަނީ ބެވަރލީ ބޫލެވާޑުގައި ހުންނަ ކޫޕް ނަމަކަށް ކިޔާ ފިހާރައަކަށެވެ. މި ފިހާރައިން ގެންދަނީ އަލިފާނުގެ ހާދިސާއިން އަސަރުކުރި މީހުންނަށް ހިލޭ ހެދުން ފޯރުކޮށްދީ އެހީތެރިވަމުން ނެވެ.

"ކިޑްނެޕް" ފިލްމުގައި ތަމްސީލުކުރި މި އެކްޓަރު ވަނީ ޝެރޮން ސްޓޯން މިކަމުގައި އިސްނަގައި، އާންމުންނަށް އޯގާތެރިވެ، ހެދުމާއި، ފައިވާނާއި، އަދި އެހެނިހެން ތަކެތި ހަދިޔާކުރުމަށް ކޮށްފައިވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ހާލޭގެ ޕޯސްޓާ ގުޅިގެން މަޝްހޫރު އެހެން މީހުންވެސް ވަނީ އަލިފާނުގެ ހާދިސާއިން އަސަރުކުރި ގޭބިސީތަކަށް އެހީވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ލޮސް އެންޖަލެސް އަލިފާނުގެ ހާދިސާތައް ފެށިފައިވަނީ އަންގާރަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟