އޮސްޓްރޭލިއާގައި ސީޕްލޭނެއް ވެއްޓި 3 މީހަކު މަރުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ހުޅަނގުން އޮންނަ ރޮތްނެސްޓް އައިލެންޑްގައި ހިނގި އެ ހާދިސާގައި ވެއްޓުނު ސީޕްލޭންގައި ދަތުރުކުރި މީހުންގެ ތެރެއިން މަރުވެފައިވަނީ ޕައިލެޓަކާއި އެއިން ދަތުރުކުރި ދެ ފަތުރުވެރިޔަކު ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ސްވިޒްލެންޑަށް ނިސްބަތްވާ ދެ ފަތުރުވެރިންގެ އިތުރުން ޑެންމާކަށް ނިސްބަތްވާ ޕައިލެޓު ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހާދިސާ ހިނގި ވަގުތު ސީޕްލޭނުގައި 6 މީހުން ދަތުރުކުރި ކަމަށާއި އޭގެތެރެއިން ސަލާމަތް ވި ތިން ފަތުރުވެރިންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަން ފަށާފައިވާއިރު އެ ހާދިސާ ހިނގާފައިވަނީ ފްލައިޓު ނައްޓާލިތާ ކުޓައިރުކޮޅެއްގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.