މުހައްމަދު އައުޒަމް
ސަލާމަތީގޮތުން ބަލާނަމަ އާމާލް ކްލޫނީ އާއި ޖޯޖް ކްލޫނީ އަށް ރައްކާތެރިކަމެއް ނެތްކަމަށް ބުނެފިއެވެ.
އެމެރިކާގެ މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީ އަދި އަނބިކަނބަލުން މަޝްހޫރު ގާނޫނީ ވަކީލާ އާމާލް ކްލޫނީ އާއި އާއިލާގެ ރައްކާތެރިކާމާމެދު ޖޯޖް ކްލޫނީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖޯޖް ކްލޫނީ މިހެން ބުނެފައިވަނީ ފްރާންސްގެ ކޯޓަކަށް އައިއެސްއައިއެސްގެ މައްސަލައެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޖޯޖް ކްލޫނީ ބުނެފައި ވަނީ އެންމެ ކަންބޮޑުވަނީ ދެކުދިންނާއި މެދުކަމަށާއި އެކުދިންގެ ރައްކާތެރިކަމާމެދުކަމަށެވެ.
އާމާލްގެ ފަރާތުން އައިއެސްއައިއެސްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭނެކަމަށް ޖޯޖް ވަނީ ބުނެފައެވެ. އޭނާ ބުނެފައިވަނީ ދަރިންނަށް ހަމަލާއެއް އަތުވެދާނެ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާކަމަށާއި އެކުދިންގެ ސަލާމަތަށް އިސްކަން ދޭނެކަމަށެވެ.
އާމާލް ވަނީ އައިއެސްއައިއެސް އިން އިރާގު އަދި ސީރިއާގައި ހިންގަމުން ގެންދާ ރޭޕްތަކާއި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފް ކަންކަން އދ.ގެ ސެކިއުރިޓީ ކައުންސިލުން ބެލުމަށް މިދިޔަ އޭޕްރިލް މަހު ގޮވާލާފައެވެ.