ޓްރިނިޑާޑް އެންޑް ޓޮބެގޯގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
ޓްރިނިޑާޑް އެންޑް ޓޮބެގޯގައި ކުއްލި ހާލަތު އިއުލާންކުރިކަން ހާމަކޮށް، އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ އާންމު އުނދަގުލަކަށް ވެފައިވާ ގޭންގު ކުށްތަކާއި ދާހިލީ ނުރައްކާތެރި ކަންކަން ގައުމުގައި އާންމުވެފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ކުއްލި ހާލަތު އިއުލާންކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި 1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓްރިނިޑާޑް އެންޑް ޓޮބެގޯ އަކީ ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގައި އޮންނަ ގައުމުތަކުގެ ތެރެއިން އެންމެ ކުށް ގިނަ، ނުރައްކާތެރި ގައުމެވެ. މިއަހަރު އެކަނި ވެސް އެގައުމުން މަރާލާފައިވާ މީހުންގެ އަދަދު ރެކޯޑު ނުކުރެވޭހާ ގިނަވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކުއްލި ހާލަތު އިއުލާންކުރުމާއެކު ޓްރިނިޑާޑް އެންޑް ޓޮބެގޯގައި އެގައުމުގެ ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ތަންތަން ބަލައި ފާސްކުރުމަށް ކޯޓު އަމުރެއްް ހޯދަން ނުޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.