މުހައްމަދު އައުޒަމް
2016 ވަނަ އަހަރު ތުރުކީގެ ސަރުކާރު ވައްޓާލަން އުޅުނު 32 ފުލުހަކު ހައްޔަރުކޮށްފިއެވެ.
ތުރުކީގައި 2016 ވަނަ އަހަރު އެގައުމުގެ ސަރުކާރު ވައްޓާލުމަށް ހިންގި ބަގާވަތުގައި އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ 32 މީހަކު ހައްޔަރުކޮށްފައިވަނީ ކަމާބެހޭ އިދާރާތަކުން ހިންގި ބޮޑު އޮޕަރޭޝަނަކަށް ފަހު ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެ އޮޕަރޭޝަނަކީ ތުރުކީގެ ޕްރޮސެކިއުޓަރުގެ އޮފީހާއި އެ ގައުމުގެ އިންޓެލިޖެންސްގެ އިތުރުން ތުރުކީގެ ހަތަރު ޕްރޮވިންސުގައި ތިބި ކައުންޓާ ޓެރަރިޒަމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަހުގީގުން ވަނީ އެ ފުލުހުންގެ ގިނަ މައުލޫމާތުތަކެއް އެއްކޮށްފައެވެ. 2016 ވަނަ އަހަރުގެ ބަގާވާތާ އެ މީހުންނާ ހުރި ގުޅުންތައް ބަލައިފައިވާ ކަމަށާއި އެމީހުންނަށް ފައިސާގެ އެހީވެސް ލިބިފައިވާކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ މީޑިއާއިން ވަނީ ފުލުހުން އެ އޮޕަރޭޝަން ހިންގުމަށް ހަމަސް ދުވަސް ހޭދަކޮށްފައިވާކަމަށާއި އެ އޮޕަރޭޝަނުގައި އިންޓެލިޖެންސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރިޕޯޓުކޮށްފައެވެ.