ޕަޕުއާ ނިއުގިނީގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފިއެވެ.
އުމުރު ފުޅުން 54 އަހަރުގެ ބޮޑުވަޒީރު ޕީޓާ އޮނެލް އިސްތިއުފާ ދެއްވައިފައިވަނީ ދައުލަތް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެވެ. އޮނެލް ވަނީ އިދިކޮޅުފަރާތްތަކުގެ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ޕަޕުއާ ނިއުގިނީގެ ޓޯވީއަކަށް ދެއްވި އިންޓަރވިއުއެއްގައި އޮނެލް ވަނީ ގައުމު ހަމަ މަގަށް އަޅުވައި އަމަން އަމާންކަން ގެނެވޭނީ ސަރުކާރު ބަދަލުކޮށްގެން ކަން ގަބޫލުކުރައްވާ ކަމަށާއި ހުރިހާ ކަމަކަށް އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
7.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕަޕުއާ ނިއުގިނީގެ ސަރުކާރަށް ކޮރަޕްޝަން ގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.
އޮނެލް މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ހަވާލުވެފައިވަނީ ކުރީގެ ބޮޑުވަޒީރު ޖޫލިއަސް ޗެން އެވެ.