މިނިސްޓްރީ އޮފް ހެލްތް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި

މަރިޔަމް ޝަހުދާ

ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުން ނިންމައިފިއެވެ.

ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ 28ގެ ނިޔަލަށް ސުވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވާރލްޑް ހެލްތް އެސެމްބްލީގެ 72 ވަނަ ބައްދަލުވުމުގަ އެވެ.

ކެންސަރު، ޑައިބެޓިކްސް އަދި ހިތުގެ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ އިތުރުން، އެބަލިތަކަށް ބޭނުންވާ ފަރުވާ ހޯދުމަށް ހުރިހާ ގައުމުތަކެއް ގުޅިގެން އަވަސް ފިޔަވަޅު އެޅުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

''ވާރލްޑް ހެލްތް އެސެމްބްލީ''ގެ 72 ވަނަ ބައްދަލުވުން ފައްޓާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ފަރާތުންމި އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ އިސް ބޭފުޅަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.