ދުނިޔެ

ބާވީސްއަހަރު ކުރީން ގެއްލުނު އިންޑިއާ އަންހެނަކު މާމަދަރިފުޅަށް ފެނުނީ ޔޫޓިއުބް ވީޑިއޯއަކުން ޕާކިސްތާނުން

މުހައްމަދު އައުޒަމް

22 އަހަރު ކުރީން ގެއްލުނު އިންޑިއާ މީހަކު ޕާކިސްތާނުން ހޯދައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިންސާނުންގެ ވިޔަފާރިކުރާ ބަޔަކު ވަނީ އޮޅުވާލައިގެން މީގެ 22 އަހަރު ކުރީން، އެ އަންހެންމީހާ ޕާކިސްތާނަށް ގެންފޮސްފައެވެ.

އެމީހާ ޕާކިސްތާނަށް ގެންގޮސްފައިވަނީ، ޕާކިސްތާނު މަގުން ދުބާއީއަށް ވަޒީފާއަށް ގެންދިއުމަށް ކަމަށް ބުނެ އޮޅުވައިލައިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމީދާ ބާނޫ ނަމަކަށް ކިޔާ އެމީހާ ޕާކިސްތާނުގައި 22 އަހަރުގެ މުއްދަތެއް ހޭދަކުރީ އޭނާގެ އާއިލާއާ ގުޅޭނެ އެއްވެސް ގޮތެއް ނެތި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ހަމީދާ ފެނިފައިވަނީ ޔޫޓިއުބް ވީޑިއޯއެއްގައި ޕާކިސްތާނުގައި އޭނާ އުޅެނިކޮށް ހަމީދާގެ މާމަ ދަރިއަކަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ އޮފިޝަލުން ވަނީ ހަމީދާގެ މައުލޫމާތު ލިބުމާއެކު އޭނާގެ އަސްލު ގައުމު ކަށަވަރުކޮށް އިންޑިއާ މީހެއްކަމަށް ޔަގީން ކޮށްދީފައިކަމަށް ރިޕޯޓުތައް ބުނެއެވެ.