މުހައްމަދު އައުޒަމް
އެތެއް ދިން ހަމަލާއެއްގައި މީހަކު މަރުވުމުން ތައިލެންޑުގެ ނެޝަނަލް ޕާކް ބަންދުކޮށްފިއެވެ.
ތައިލެންޑުގެ އުތުރުން އޮންނަ ލޮއޭއީ ޕްރޮވިންސުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕޫ ކްރަޑުއެންގް ނެޝަނަލް ޕާކުގައި ހިނގި އެ ހާދިސާގައި 49 އަހަރުގެ ފަތުރުވެރިޔަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލެންޑަށް ނިސްބަތްވާ އެމީހާ މަރުވެފައިވަނީ އެ ޕާކުގައި ގެންގުޅޭ އެތެއް ދިން ހަމަލާއެއްގައި ކަމަށާއި އެ އެތް އެމީހާއަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިން ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާ އަމާޒުވުމާއެކު އެޕާކުގައި ހަރަކާތްތެރިވާ ސަލާމަތީ ޓީމުތަކަށް އެ ސަރަހައްދަށް ދެވުނު އިރު އެމީހާ މަރުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ހާދިސާއަށްފަހު ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕާކްސް ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންސަވޭޝަން އިން ވަނީ އެޕާކު ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އަންގައިފައެވެ.