މިހާތަނަށް އެންމެ ދުރަށް ދަތުރުކުރި ބޮޑުމަސް ހޯދައިފިއެވެ.
ސައިންސުވެރިން ވަނީ ހަމްޕްޕެކް ވޭލެއް މިހާތަނަށް ބެލިބެލުމުން އެއީ ދުނިޔޭގައި އެންމެ ދުރަށް ހިޖުރަ ކުރިކަމަށް ރެކޯޑުތަކުން ދައްކާ ބޮޑުމަސް ކަމުގައި ބުނެފައެވެ.
ސައިންސުވެރިން ވަނީ 2017 ވަނަ އަހަރު އެމަސް ޕެސިފިކް ކަނޑުގެ ކޮލޮމްބިއާއާ ދިމާލުން ފެނުނު ކަމަށާއި އޭގެ އަހަރުތަކެއް ފަހުން ހަމަ އެމަސް އިންޑިއާ ކަނޑުން ޒަންޒިބާރު ކައިރިން ވެސް ފެނިފައިވާކަމަށް ބުނެފައެވެ. ސައިންސުވެރިން ވަނީ އެ ދެސަރަހައްދުގެ ދުރުމިނަކީ 13،000 ކިލޯ މީޑަރަށްވުރެ ދުރު ސަރަހައްދެއް ކަމަށް ފާހަގަކޮށްފައެވެ.
މާހިރުން ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމުގައި ފާހަގަކުރެވޭ ކަމަށް ބުނެފައެވެ. އެގޮތުން ބޮޑުމަހުގެ ކާބޯތަކެތި ލިބުން ދަތިވުމާއި ބައިވެރިއެއް ހޯދުމަށް އެމަސް ކުރާ މަސައްކަތް ނާކާމިޔާބު ވުމުން މި ގޮތަށް ދަތުރު ކުރެވެނީ ކަމަށް ބެލެވޭ ކަމަށްވެސް މާހިރުން ފާހަގަކޮށްފައިވެއެވެ.
ސައިންސުވެރިން ވަނީ އެ ބޮޑުމަސް ދެނެގަތުމަށް ކުރިން ނަގާފައިހުރި ފޮޓޯތަކާއި ބޮޑުމަސް ފަހުން ފެނުނު އިރު ނަގާފައިވާ ފޮތޯތައް ބަލައި ދިރާސާކޮށްފައެވެ.