ދުނިޔެ

ސީރިއާގެ އާންމުން ބަޝާރު އަލް އައްސަދުގެ ގެކޮޅަށް ވަދެ ލޫޓުވާލައިފި

މުހައްމަދު އައުޒަމް

ސީރިއާގެ އާންމުން ބަޝާރު އަލް އައްސަދުގެ ގެކޮޅަށް ވަދެ ލޫޓުވާލައިފިއެވެ.

ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްގު ހިފައި ރައީސް ބަޝާރު އަލް އައްސަދުގެ ވެރިކަން ވައްޓާލުމާއެކު ރައީސް ވަނީ ގައުމު ދޫކުރައްވައި ފިއްލަވައިފައެވެ.

ސީރިއާގެ ސަރުކާރު ވައްޓާލައި ހަނގުރާމަވެރިން ސަރުކާރުގެ މައްޗަށް އަތްގަދަކޮށް އެ ގައުމުގެ ވެރިކަން ފުރޮޅާލުމާއެކު ސީރިއާގެ އާންމުން ވަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރަން ފަށާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް ބަޝާރު އަލް އައްސަދުގެ ގެކޮޅާއި އެމަނިކުފާނާ ގުޅުން ހުރި ތަންތަނަށް އާންމުން ވަދެފައިވާއިރު އާންމުން ވަނީ އެތަންތަނުގައި ހުރި ބައެއް ތަކެތިވެސް ގެންގޮސްފައެވެ. ބަޝާރު އަލް އައްސަދުގެ ގެކޮޅަށް ވަތް އާންމުން ވަނީ އެތަނުގައި ހުރި އަގުބޮޑު ބައެއް މުދާތައް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.