ރޯދަމަސް

ރަހަފަތް: ކިރު ބޯކިބާ

ޝަހީދާ އަބްދުﷲ ސައީދު

ބޭނުންވާނެ ތަކެތި

2 ކާށީގެ ކިރު

1/2 ޖޯޑު ބާސްމަތީ ހަނޑޫ (ހިމުންކޮށް ފުނޑާފައި)

2 ސައިސަމުސާ ޖޯޑު ގޮދަން ފުށް

2 ޖޯޑު ހަކުރު

1 ޖޯޑު ރާނބާފަތު ފެން

1/2 ބައި ޖޯޑު ރޯސް ވޯޓާ

ތައްޔާރުކުރާނެ ގޮތް:

ހަނޑޫ ފެންޖަހައިގެން ހިމުންކޮށް ފުނޑާލާށެވެ. އެއަށްފަހު ތެއްޔަކަށް ހަނޑޫ ފުށް، ގޮދަންފުށް، ކާށި ކިރު، ރާނބާފަތު ފެން އަޅައިގެން ފުށްގަނޑު ރަނގަޅަށް ގިރާލުމަށްފަހު ފުރޭނިން ފުރާނާލާށެވެ. ދެން ފުރޭނި ފުށްގަނޑުގެ ތެރެއަށް ހަކުރު، މާފެން، އަޅައިގެން މަޑު ގިނީގައި ކައްކަމުން ދޭފަތުން ހާކާށެވެ. ރަނގަޅަށް ކެކުނީމަ ދޭފަތުން ފުށްގަނޑު ގުޑުވާނުލެވޭ ވަރަށް އޮލަވާނެއެވެ. ފުށްގަނޑު ބޯވުމުން ފިނިފެންމާ ފެންފޮދު އަޅައި ދެ މިނެޓް ވަރު ކެއްކުމަށްފަހު އުނދުން ނިއްވާލާށެވެ. އުނދުން ނިއްވާލުމާ ހަމަޔަށްވެސް ދޭފަތަކުން ރަނގަޅަށް ފުށްގަނޑު ހަލަން ވާނެއެވެ. އެހެން ނޫންނަމަ ތެލީގެ ފުލުގައި ތަތްވުން ފަދަ ކަމެއް ދިމާވެދާނެއެވެ.

ފުށްގަނޑު ޓްރޭއަށް އަޅައި ލެވެލް ކޮށްލުމަށްފަހު 5 މިނެޓެއްހާއިރު ވަންދެން އަވަނުގައި ފިހެލާށެވެ.

ބައެއް ފަހަރަށް އަވަނުގެ ހޫނުމިން މަތިނަމަ ބޯކިބާ ފަޅައިގެންދާ ގޮތް މެދުވެރިވެދާނެއެވެ. އެފަދަ ހާލަތުގައި އަވަނުގެ ހޫނުމިން ދައްކޮށްލާށެވެ. ރާނބާފަތު ފެން ތައްޔާރު ކުރުމަށް ތެއްޔަކަށް 4 ޖޯޑު ފެނާއި ދެ ރާނބާފަތް ބުރިކޮށްލާފައި އެޅުމަށްފަހު 30 މިނެޓް ވަންދެން ފެން ބޮކި ޖަހާވަރަށް ކައްކާށެވެ. އެއަށްފަހު ރާނބާ ފަތްތައް ފެނުން ވަކިކޮށްލުމަށްފަހު ފެން ހިހޫވުމުން ބޭނުންކުރާށެވެ.