ރޯދަމަސް ދެބައިވެއްޖެއެވެ. ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަވެސް ލިބިއްޖެއެވެ. ދެން މި ފެށުނީ ކަންތަކާއެވެ. ގުރޫޕް ހަދާފައި ރޯދަ ވީއްލުންތައް ބާއްވާ ދުވަސްކޮޅާއެވެ. އެކަމަށް ބައެއް އޮފީސްތަކުން ބޯ ގުނަން ފަށައިފިއެވެ. އާއިލީ ވައިބަރު ގުރޫޕްތަކަށް ރެސްޓޯރެންޓުތަކުގެ މެނޫތައް އަންނަނީ އަޅަމުންނެވެ. އަނެއް ބަޔަކު އަދިވެސް އުޅެނީ ދާނެ ތަނެއް ނޭނގިގެންނެވެ. ތަންތަން ގިނަވިޔަސް, ޝަރުތުތަކަށް ނުފެތޭތީއެވެ.
އާއިލާ ނުވަތަ ރައްޓެހިން އެކުގައި ވަކީން ތިބެ, މަޖާ ނަގަން ރަނގަޅު ތަނެއް ހޯދާ ބަޔަކަށް އެންމެ ސަޅިތަނަކީ މަމަކް އެވެ. މަމަކްއަކީ ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ރަހައިގެ ގޮތުންނާއި ހިދުމަތުގެ ގޮތުން އެއީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ.
މި ރޯދަމަހު މަމަކް އިން ވަނީ ގުރޫޕްތަކަށް އެތަނުގެ މުޅި ރެސްޓޯރެންޓް ދޫކުރަން ނިންމައިފައެވެ. ހަމަ އެކަނި ރޯދަ ވީއްލުމަކަށް ނޫނެވެ. ތަރާވީހަށްވެސް ދާންވީ އެވެ.
އެތަނަށް އެންމެ ގިނަވެގެން ވަދެ ތިބެވޭނީ 24 މީހުންނަށެވެ. އަގުގެ ގޮތުން ބަލާނަމަ ތަނަކަށް ވަކިން ގޮސް ރޯދަ ވީއްލުމަށްވުރެ މާބޮޑަށްވެސް ރަނގަޅެވެ. އެގޮތުން މުޅި ރެސްޓޯރެންޓް ބުކް ކުރާނަމަ އަގަކީ 4,000 ރުފިޔާއެވެ. އެއީ ކާ އެއްޗިއްސާ ލައިގެންނެވެ. އެ އަގު 24 މީހުންނަށް ބަހާލައިފިނަމަ އެއީ ބޮލަކަށް 166 ރުފިޔާއެވެ.
މައްސަލަ ހައްލުވީއެވެ. ރަހަ ރަނގަޅުވެފައި ޖީބަށް ލުއިވީއެވެ. އެކުގައި ތިބެ މަޖާވެސް ނެގުނީއެވެ. މަމަކްގެ ރެސްޓޯރެންޓް ބުކް ކުރަން ބޭނުންނަމަ ގުޅަން ޖެހޭނީ 9813666 އަށެވެ.
މި ރޯދަމަހު މަމަކް އިން ތައާރަފުކޮށްފައިވާ ސަޅި ކަމެއްވެސް ބުނެލާނަމެވެ. ހާއްސަކޮށް މިއީ ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ނުކާ ނުވަތަ ނުކެވޭ މީހުންނަށް އޮތް އެންމެ ސަޅި ޗޮއިސް އެވެ.
އެއީ މަމަކްގެ މިނިމަލިސްޓް ޓޭކްއަވޭ މެނޫއެވެ. އަގަކީ އެންމެ 75 ރުފިޔާއެވެ. އަގަށް ބަލާފައި އެ މެނޫގައި ހިމެނޭ އެއްޗެހި ގިނައެވެ. ކަދުރާއި ކަރާ ފަނި އަދި ފެންފުޅިއެކެވެ. ފޮނި އެއްޗަކަށް ރޯސް ޕާނާއި މޭވާއެވެ. މައި ކެއުމަކަށް ރޮޓި ޗެންނާއި އެ ދުވަހަށް ހާއްސަ ރިހައެއް އަދި ޝްރެޑެޑް ގްރިލްޑް ޗިކަން އެވެ.
އެހެންކަމުން މި ރޯދަމަހު ހުރިހާ ރަހަޔަކަށް, ބަޔަކަށް ފެތޭ ގޮތަށް ތައްޔާރުވެފައި އޮތް އެއް ތަނަކީ މަމަކް ކަމަށް ބުނެވިދާނެއެވެ.