ޚަބަރު

އެމްއޭސީއެލްގެ ވެހިކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އަލީ އިހްސާން

އެމްއޭސީއެލްގެ ވެކަލަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މިއަދު 11:30 ހާއިރު އެއާޕޯޓްގައި އެމްއޭސީއެލް ފިއުލް ވެހިކަލްއަކާއި ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިއެކްސިޑެންޓުގައި ދެ ވެހިކަލު ދުއްވަން ތިބި ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮތްކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދު ހެނދުނު ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެފައެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.