ޚަބަރު

ބީޖޭޕީއިން އިންތިހާބު ކާމިޔާބު ކުރުމުން އިންޑިއާގެ ފޮރިން މިނިސްޓަރަށް ޝާހިދު މަރުހަބާ ދަންނަވައިފި

އިންޑިއާގެ އާންމު އިންތިހާބު ބީޖޭޕީންއިން ކާމިޔާބުކުރުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖުއަށް ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދު ﷲ ޝާހިދު، މިއަދު އެކަމަނާއަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ކާމިޔާބީ ލިބިފައިވަނީ ފާއިތުވި ފަސްއަހަރުގެ ތެރޭގައި މޯދީގެ ސަރުކާރުގެ ޑިވެލޮޕްމެންޓް ޕޮލިސީތަކާއި އެކްޓިވް ޕޮރިން ޕޮލިސީތައް ހަރުދަނާވުމުގެ ސަބަބުން ކަމަށެވެ. އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެގައުމުގެ ރައްޔިތުން ބީޖޭޕީއަށް އިތުބާރު ކުރާކަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާއާ ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ދެގައުމު ގުޅިގެން މަސައްކަތްކުރެވޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެއެވެ.