ފަލަސްތީނުގެ ބަލިމީހުންނަށް ބޭސް ފޯރުކޮށްނުދެވޭ މައްސަލައިގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިހާރު ސްވިޒަލޭންޑްގެ ޖެނެވާގައި ކުރިއަށްދާ ''ވާރލްޑް ހެލްތު އެސެމްބްލީ''ގެ 72 ވަނަ ބައްދަލުވުމުގައެވެ.
ރާއްޖެއިން ވަނީ ގައްޒާ މައްސަލައިގައި ފަލަސްތީނުގެ ބަލިމީހުންނަށް ބޭނުންވާ ވެކްސިނާއި އެކި ސިއްހީ ސާމާނު ފޯރުކޮށް ނުދެވުމުގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި އެކި ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
''ވާރލްޑް ހެލްތް އެސެމްބްލީ''ގެ 72 ވަނަ ބައްދަލުވުން ފައްޓާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އަދި މި ބައްދަލުވުންތައް މިމަހު 28އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ.